އަންހެނުން

އޯޓް މީލް އެތައް ކަމެއްގެ ފަރުވާ

Sep 6, 2015

އޮޓްމީލް އަކީ މޮލީސެޗެރައިޑްސް ގިނަ އަދަދަކަށް ހިމެނޭ އެއްޗަކަށް ވުމުން، ހަންގަނޑު ކުރަކިވުމާއި، ރުޑޫ ވުމުގެ އިތުރުން ހަންގަނޑުގައި ނަގާ ފިތްތަައް ފިލުވާލަން އޯޓްމީލް ޕެކް މޫނުގަޔާއި އަދި ހަންގަނޑުގައި އުނގުޅާލުމުން ހަންގަނޑު މަޑުވެ، ކުރަކިކަން ކުޑަވާނެ އެވެ.

01 ޖޯޑު މުގުރާފައި ހުރި އޯޓްމީލް

ތާފަނާކޮށް ހުރި ކިރު ފޮދެއް

ޗަސްކޮށްފައިވާ ދޮންކެޔޮ ވަކެއް

އެންމެފުރަތަމަ ޗަސްކޮށްފައިވާ ދޮންކެޔޮލާއި މުގުރާފައިވާ އޯޓްމީލް އެއްކޮށްލާށެވެ. އެއަށްފަހު މީގެތެރެއަށް ކިރު ފޮދު އެޅުމަށްފަހު ރަނގަށް އެއްވަންދެން މިކްސް ކޮށްލާށެވެ. މިޕޭސްޓް މޫނުގައި އުނގުޅާފައި 10 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ.

މިޕޭސްޓް ތައްޔާރުކުރުމަށް އެންމެ ފުރަތަމަ އޯޓްމީލް ޖެހޭނީ މަޑުވަންދެން ކައްކާލާށެވެ. ހޫނުކަން ކެނޑުމުން މޫނުގައި ބިހިތައް ނަގާފައިވާ ތަންތަނުގައި އުނގުޅާފައި ދިހަ މިނިޓް ވަންދެން ބަހެއްޓުމަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

އޯޓްގައި ހިމެނޭ ސެޕޮނިންސް އަކީ ހަންގަނޑުގައި އުފެދޭ ތެލާއި އިސްތަށިވަޅުތަކުގައި ހުންނަ ކިލާތައް، ބާޒާރުގައި ވިއްކަން ހުންނަ އެކި ފާޑުތަކުގެ ކަރީމް ފަދަ ތަކެތި އުނގުޅުމުން އެވާ އުނދަގޫތަކެއް ނުވާނެ އެވެ.

އޯޓްސް އެއްރޭ ވަންދެން ފެން އެއްޗަކަށް އަޅާފައި ބެހެއްޓުމުން ކިރު ކުލައަކަށް ފެންގަނު ބަދަލުވާނެ އެވެ. މިއީ އޯޓްސް މިލްކެވެ. ފުޅިއަކަށް އެއްޗަކަށް މިކިރު ފޮދު އަޅާފައި ފިނިކުރަން އައިސްއަލަމާރިއަށް ލާށެވެ.މޫނު ރަނގަޅަށް ދޮވުމަށްފަހު، ފިނިކުރި ކިރުފޮދު ކަފަކޮޅަކުން މޫނުގައި ރަނގަޅަށް ހާކާލާށެވެ.

ބޮލުގެ ހަންގަނޑު މާބޮޑަށް ހިކޭގޮތްވާނަމަ، ވަރަށް ބޮޑަށް ހިރުވާނެ އެވެ. މިގޮތަށް ހިރުވައި، ބޮލުން ހަންފޮޅޭ ގޮތްވާނަމަ، މިކަމަށް ހައްލެއް ހޯދުމަށް ބޮލުގައި އޯޓް މީލް އުނގުޅާށެވެ. އެންމެފަހަރަކު އުނގުޅާލުމުންވެސް އިސްތަށިގަނޑު މަޑުވެ، ދުޅަހެޔޮ ވާކަން ފާހަގަކުރެވޭނެ އެވެ.

އިސްތަށިގަނޑު މާބޮޑަށް ތެޔޮވުމުން، ބޮލުން ނުަބއި ވަސް ދުވުމުގެ އިތުރަށް، އިސްތަށިގަނޑުގެ ގުދުރަތީ ރީތިކަން ގެއްލެ އެވެ. އެހެންކަމުން އިސްތަށިގަނޑު މާބޮޑަށް ތެޔޮ ވާނަމަ، އެކި ފާޑު ފާޑުގެ ޝޭމްޕޫ އުނގުޅުމުގެ ބަދަލުގައި އޯޓްމީލްއިން ބޯ ދޮންނާށެވެ. އޯޓްމީލުން ބޯ ދޮންނަނީ އެންމެފުރަތަމ ބޯފެނުން ދޮވެލުމަށް ފަހު، އޯޓްމީލުން އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑު މަސާޖްކުރާނީ އެވެ. އެއަށްފަހު ފެނުން ބޯ ރީތިކޮށް ދޮވެލުމަށްފަހު، އިސްތަށިގަނޑުގައި ހަރުލާފައި ހުންނަ އޯޓްމީލް ދަތްބޮޑު ފުނަލަކުން ބޯ ތެތްކޮށް ބޭވުމަށްފަހު އަޅާލުމުން ފަސޭހަކަމާއެކު ނެއްޓޭނެ އެވެ.

މުގުރާފައިވާ އޯޓްމީލް އާއި ރޯކުރި އެއްކުރުމަށްފަހު، އިސްތަށިގަނޑާއި، ބޮލުގެ ހަންގަނޑުގައި އުނގުޅާށެވެ.އެއަށްފަހު ޝަވާ ކެޕުން އިސްތަށިގަނޑު ނިވާކޮށްފައި 30 މިނިޓް ވަންދެން ބެހެއްޓުމަށްފަހު އާންމުގޮތެއްގައި ބޯ ދޮންނަން ބޭނުންކުރާ ޝޭމްޕޫއިން ބޯ ދޮވެލާށެވެ.