ކުޅިވަރު

އުނދަގޫ ހާލަތުގެ އަސަރެއް ނުކުރާނެ: ޒިދާން

ރެއާލް މެޑްރިޑަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ، އަސަރެއް މިރޭގެ އެލްކުލެސިކޯގެ މެޗުގައި އެ ޓީމުގެ ކުޅުންތެރިންނަށް ނުކުރާނެ ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މެޗަށް ނުކުންނައިރު، ރެއާލް އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުީ އެންމެ މެޗަކުންނެވެ، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 2-1 ން ބަލިވުމުން އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުން ކެޓުމުގެ ތުންފަތް މަތީގަ އެވެ.

އެހެންނަމަވެސް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، މެޗުތަކަކަުން ބަލިވިޔަސް ރެއާލްގެ ޓީމަށް މިރޭގެ މެޗުގައި އޭގެ އަސަރު ނުކުރާނެ ކަމަށެވެ.

"ފުޓްބޯޅަ އެނގޭ މީހުންނަށް އެނގޭނެ އުނދަގޫ މިކަހަލަ ހާލަތު ކުރިމަތިވާނެކަން،" ޒިދާން ބުންޏެވެ. "އަހަރެމެން ވަނީ ދެ މެޗުން ބަލިވެފަ، އަހަންނަށް އެނގޭ އަހަންނަށް ފާޑު ކިޔާނެކަން، އަހަރެން ޖެހޭނީ އެކަމަށް ފޯކަސް ނުކޮށް ކުރިއަށް ދާން، އަހަންނަށް އަހަރެންގެ ކުޅުންތެރިންނާ މެދު ޔަގީންކަން އެބައޮތް، އަހަރެމެން ޖެހޭނީ މި އުނދަގޫ ހާލަތުން އަރައިގަންނަން."

ބާސެލޯނާގެ ކޯޗް ކިީކޭ ސެޓިއެން ބުނީ، މިރޭގެ މެޗުގެ ހާއްސްކަން އެންމެ ބޮޑަށް އޮންނާނީ ރެއާލް ކަމަށެވެ. ކަމަށް،

ޖަނަވަރީ މަހު، ބާސާގެ ކޯޗް ކަމާ ހަވާލުވި ސެޓިއެންގެ ފުރަތަމަ އެލްކުލެސިކޯއަށް ނުކުންނައިރު އޭނާ ވަނީ ކުރިން ތިން ޕޮއިންޓްގެ ލީޑުން ފަހަތުގައި އޮއްވައި ބާސާށް އަލުން އެއް ވަނަ މަގާމަށް ގެންގޮސްދީފަ އެވެ. މެޑްރިޑްގެ ސެންތިއާގޯ ބާނެބެއު ސްޓޭޑިއަމްގައި ބާސާއިން ރެއާލް އާ ދެކޮޅަށް ނުކުންއިރު ބާސާ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

"މިރޭ އަހަރެމެން މޮޅު ވެއްޖެއްޔާ އަހަރެމެންނަށް އެއް ވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނެގޭނެ، އެހެންވީމަ މި މެޗުގެ އެމީހުންނަށް މާ ބޮޑަށް މުހިންމު ވާނެ." ސެޓިއެން ބުންޏެވެ.

މިރޭގެ މެޗުން ރެއާލް މޮޅު ވެއްޖެނަމަ އެ ޓީމަށް ނެގޭނީ އެއް ޕޮއިންޓްގެ ލިޑެވެ. ސެޓިއެން ވަނީ އޭނާ ކުރިން ކޯޗް ކޯށްދިން ޓީމުތަކާއެކު ބާނެބެއުގައި ރެއާލްގެ މައްޗަށް ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ.

"އަބަދުވެސް އެ ޓީމުގެ ދަނޑުގައި ކުޅޭއިރު އެ ޓީމުގެ ނުރައްކާ މާ ބޮޑު ވާނެ،"