ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ އާމްދަނީ

ފިނޭންސުން އޮފީސްތަކުގެ އާމްދަނީގެ ތަފުސީލު ހޯދަނީ

Mar 1, 2020
1

ދައުލަތަށް ލިބޭ ކަމަށް ލަފާކުރާ އާމްދަނީގެ އަންދާޒާއެއް ހަދަން ސަރުކާރު އޮފީސް ތަކުން ނަގާ އާމްދަނީގެ ތަފުސީލް ފިނޭންސް މިނިސްޓްރީއަށް އަންގަން އެދެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި އޮފީސް ތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނަނީ ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސް ހިސާބު ބެލެހެއްޓުމަށާއި ދައުލަތަށް ލިބޭ އާމްދަނީއަށް އަހަރު ދުވަހުގެ ތެރޭގައި އަންނަ ބަދަލު ދެނެގަތުމަށްޓަކައި އޮފީސްތަކުގައި ހިދުމަތްތަކުން ނަގާ ފީ ހިމެނޭ ގޮތަށް، ތަފުސީލް އެ މިނިސްޓްރީއަށް ބޭނުންވާ ކަމަށެވެ.

ފިނޭންސް ހޯދަން އެދުނު އާމްދަނީގެ މައުލޫމާތު

  • އާމްދަނީ ޖީއެލް ކޯޑު އަދި ޖަމާކުރާ ފަންޑުގެ ތަފުސީލް
  • އާމްދަނީ ނަގާ ގާނޫނު ނުވަތަ ގަވާއިދު ނުވަތަ އުސޫލުން ނޫނީ އެއްބަސްވުމުގެ ތަފުސީލް
  • އާމްދަނީ ނަގަން ފެށި ތާރީހު
  • އާމްދަނީ ނަގާ ގޮތް - ރޭޓް އަދި ފްރިކުއެންސީ އެނގޭ ގޮތަށް

ފިނޭންސް މިނިސްޓްރީން ބުނީ މި މައުލޫމާތު މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ފޮނުވާން އެދޭ ކަމަށެވެ.

އާމްދަނީގެ ތަފުސީލު ފިނޭންސް މިނިސްޓްރީ އަށް އަންގަން އެދިފައި ވަނީ ކޮވިޑް 19 އިގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ، އިގްތިސޯދު ހީނަރުވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނިކޮށެވެ. އާމްދަނީ މަދުވާނެތީ ހަރަދު ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ދައުލަތުގެ ވުޒާރާތަކަށް އަންގާފަ އެވެ.