ހަބަރު

ހުޅުދޫ ބަނދަރު ހަދަން 65 މިލިއަނަށް އެމްޓީސީސީއަށް

ސ. ހުޅުދޫގެ ބަނދަރުގެ މަޝްރޫއު 65 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

މި މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 114 މީޓަރުގެ ނެރު ފައިކައްޓެއް ޖެހުމާއި، 742 މީޓަރުގެ އެއްގަމު ތޮއްޓަކާއި 624 މީޓަރުގެ ރިވެޓްމެންޓެއް ޖަހާނެ އެވެ. މީގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި އަދި 2250 ސްކޮއާ މީޓަރުގެ ޕޭމަންޓެއް ހެދުމަށް ވެސް އެއްބަސްވެފައި ވެއެވެ.

މި މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ އެއް އަހަރާއި 10 ދުވަހެވެ. ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލު ކުރި މަޝްރޫއަކީ މި ސަރުކާރުން ކުރިއަށް ގެންދާ 50 ވަނަ ބަނދަރުގެ މަޝްރޫ އެވެ.