ހަބަރު

ކުޑަކުދިން ރައްކާތެރި ކުރުމާ ބެހޭ އިދާރާ އުފައްދައިފި

Mar 1, 2020
7
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ކުޑަކުދިން ރައްކާތެރި ކުރުމާ ބެހޭ އިދާރާ އުފައްދައިފި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުޑަކުދިން ރައްކާތެރި ކުރުމާ ބެހޭ ގައުމީ އިދާރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވައިފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އެ ގަނާނުނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ޗައިލް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" ގެ ނަމުގައި އިދާރާއެއް އުފައްދަން ޖެހެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކުޑަކުދިންގެ ހައްގުތައް ރަައްކާތެރި ކުރުމާ ބެހޭ އެ އިދާރާ އުފައްދައި، އެ ތަނަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މި އިދާރާ އުފެއްދުމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުމާއި، އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ އާ އިދާރާއަށް ބަދަލުކޮށްފަ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345