ހަބަރު

ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް މުއުމިނާ އައްޔަންކޮށްފި

Mar 17, 2020
1
ކުޑަކުދިންގެ ހިޔާގެ ސީއީއޯއަށް އައްޔަން ކުރެއްވި މުއުމިނާ އާދަމް
0%
0%
0%

ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މާގަމަށް ގ. ހާފްސީ، މުއުމިނާ އާދަމް އަައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މުއުމިނާ އެ މަގާމަށް އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރާއި އެއް ހަމައެއްގެ މަގާމެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މުއުމިނާ އާދަމް ވަނީ ރައީސް އުފައްދަވާފައިވާ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރުކަން މީގެ ކުރިން އަދާ ކުރައްވާފަ އެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަން ވެސް އަދާ ކުރެއްވި އެވެ. މީޑިއާ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގައި ދިގު މުއްދަތެއްގައި ވެސް ހިދުމަތް ކުރައްވާފައިވެ އެވެ.

މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2014 ވަނަ އަހަރު ހާސިލް ކުރައްވާފައެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ރެހެންދި އެވޯޑުވެސް ހާސިލް ކުރައްވާފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވަނަވަރު

ނޫސްވެރިޔާ ކީވެބާ މިބޭފުޅާގެ ވަނަވަރު ހާމަކޮށްނުލީ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345