ހަބަރު

މައި ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން އިތުރު ފުރުސަތު ދީފި

Mar 2, 2020

މައި ކޮލެޖުން މި މަހު ފަށާ ކޯސް ތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދީފި އެވެ.

މައި ކޮލެޖުން ބުނީ އެ ކޮލެޖުގެ ކޯސް ތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މައި ކޮލެޖުން މި ކޯސްތަކުގެ ފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ރާއްޖޭގައި މަތީ ތައުލީމުގެ ގިނަ ކޯސް ތަކެއް ހިންގަމުން ގެންދާ މައި ކޮލެޖަކީ ބޭރުގެ ގިނަ ކޮލެޖުތަކެއްގެ ކޯސްތަކެއް ހިންގަމުން ގެންދާ ތަނެކެވެ. އެ ކޮލެޖެ ކޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ.

މައި ކޮލެޖުން ދާދި ފަހުން ވަނީ މި މަހު ފަށާ ހާއްސަ ސްކޮލާޝިޕް ތަކަށް ހާއްސަކޮށްފައިވާ ސްކޮލާޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. މި ކޯސްތަކުގައި ސްކޮލާޝިޕް ތަކުން 25 އާއި 100 އާ ދެމެދުގެ އަދަދަށް ޑިސްކައުންޓް ލިބޭނެ އެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ޕްރޮގްރާމާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ޕްރޮގްރާމުގެ އިތުރުން ޑިޕްލޮމާ އާއި އެސޯސިއޭޓް ޑިގްރީ އާއި ބެޗްލާސް ޑިގްރީގެ އިތުރުން ޕޯސްޓްގްރެޖޭޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ ދަރިވަރުންނަށެވެ.

މައި ކޮލެޖުގެ ކޯސްތަކުގެ ތެރެއިން މާލޭގައި ކިޔަވާ ދަރިވަރުންނަށް 100 ސްކޮލާޝިޕް ހާއްސަކޮށްފައިވާއިރު ހުޅުމާލެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް 50 ސްކޮލަޝިޕް އަދި އަތޮޅުތަކުގެ ހުންނަ މައި ކޮލެޖްގެ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް 150 ސްކޮލާޝިޕް ހާއްސަކޮށްފައިވެ އެވެ.

އެ ކޮލެޖުން ދަނީ ވަނީ ގައުމީ ޓީމު ތަކަށް ކުޅޭ ކުދިންނަށް ހާއްސަކޮށް "ގައުމަށްޓަކާ ސްކޮލަޝިޕް" ގެ ނަމުގައި ވެސް ސްކީމެއް ތައާރަފުކޮށްފަ އެވެ. މި ސްކީމުގެ ދަށުން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް 15 ސްކޮލާޝިޕްގެ ފުރުސަތު ލިބޭނެ އެވެ.

މައި ކޮލެޖްއަކީ 20، ޖުލައި 2006 ވަނަ އަހަރު ވަރަށް ކުޑަކޮށް ތައުލީމް ދޭން ފެށި ތަނެކެވެ. ނަމަވެސް މިހާރު އެ ކޮލެޖުން ސެޓްފިކްޓް ލެވަލްގެ ކޯސް ތަކުން ފެށިގެން ޑިގުރީ އަދި ބެޗްލާސް ޑިގްރީގެ ގިނަ ކޯސް ތަކެއް ވެސް ހިންގަ އެވެ.