މިސްކިތް

މާވެޔޮ މިސްކިތް އޭޕްރީ 17 ގައި ހުޅުވަނީ

Mar 3, 2020
4

މާފަންނު މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތް ނުވަތަ މާވެޔޮ މިސްކިތް އަންނަ އޭޮޕްރީލް މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.

ދުވަސްވެ ބާވެފައި ހުރި މާވެޔޮ މިސްކިތް ތަޅާލުމަށްފަހު 2000 މީހުނަށްވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަ ބުރިއަށް މިހާރު އިމާރާތްކޮށްފައިވާ މިސްކިތް އަޅައި ދިނީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަފުޅު ހަރަދުގަ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި ރޯދަ މަހުގެ ހަފުތާއެއް ކުރީ އޭޕްރީލް 17 ވަނަ ދުވަހު މާވެޔޮ މިސްކިތް ހުޅުވައި ދެއްވާނީ ދުނިޔޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވަވާފައިވާ ދީނީ އިލްމުވެރިއެކެ އެވެ. އަދި ރޯދައިގެން ކުރީން މިސްކިތް ހުޅުވުމަށްފަހު އެ ހަފުތާގެ ތެރޭގައި ސަރުކާރާ ހަވާލު ކުރާ އެވެ. -- ރޯދަ މަސް މިއަހަރު ފަށާނީ އޭޕްުރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ކުރިން ދެ ބުރި ހިމެނޭ ގޮތަށް 400 މީހުންގެ ޖާ އޮތް މިސްކިތް، އަލުން ޖަނާ އަޅައި ދެއްވީ 50 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކުރައްވައިގެނެވެ. މިހާރު ފިނިޝިންގެ މަސައްކަތް ވެސް ގާަތްގަނޑަކަށް ނިމިފައިވާ މިސްކިތުގައި ހަ ބުރި ހުންނައިރު ބޭސްމަންޓަކާއި ޓެރަހެއް ވެސް ހިމެނެ އެވެ. އަދި އަންހެނުންނަށް އެއް ފްލޯ ހާއްސަކޮށްފައިވާއިރު ހުރިހާ ބުރިއަކަށް ވެސް ދެވޭނެ ގޮތަށް ލިފްޓް ބަހައްފައި ވެއެވެ.

ޖަނާ އާ ގާތް އަދި މިސްކިތުގެ މަސައްކަތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މާވެޔޮ މިސްކިތް ހުޅުވައި ސަރުކާރާ ހަވާލު ކުރުން ލަސްވެފައި އޮތީ މިސްކިތަށްވާ ގޮތަށް ހުރި ސްޓެލްކޯގް ޓްރާންސްމީޓަރުތަކެއް ނެގުމުގެ މަސައްކަތް ނުކުރެވި ލަސްވެފައި އޮވެގެނެވެ. ނަމަވެސް އެ ޓްރާންސް މިނިސްޓްރަތަކުގައި ކަވަރު އަޅައި ސަލާމާތީ ކަމްކަަން ކަށަވަރު ކުރުމަށް ފަހު މިސްކިތުގެ އެންމެ ފަހުގެ ފިނިޝން ކުރިޔަށް އޮތް ދެ ހަފުތާއެއހާ ދުވަހުގެ ތެރޭގައި ނިންމާލާނެ އެވެ.

މާވެޔޮ މިސްކިތުގެ އާ މިސްކިތް ވާނީ މިފަހުން މާލޭގައި އަލުން އަޅައި ހުޅުވަމުން އަންނަ ކުރީގެ ކުދި މިސްކިތްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެންމެ ރީތި މިސްތަށެވެ.