ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާ ވަައިރަހަށް ސައުދީން ފަސް މީހަކު ޕޮޒިޓިވް ވެއްޖެ

ސައުދިއަރަބިއްޔާއިން: އަހުމަދު ހަމީދު އާދަމް
Mar 5, 2020

ކޮރޯނާ ވަައިރަހަށް ސައުދީން ފަސް މީހަކު ޕޮޒިޓިވް ވެއްޖެ

ސައުދީ ސަރުކާރުން މިއަދު ބުނީ ކޮރޯނާ ވަައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު ފަހަކަށް އަރާފައިވާ ކަމަށެވެ. އެ މީހުންނަކީ އެހެން ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ސައުދީއަށް އައި މީހުން ކަމަށެވެ.

ސައުދީން އެންމެ ފުރަތަމަ ކޮރޯނާ ވަައިރަސް ފެނިފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އޭގެ ފަހުން އިއްޔެ ވެސް ވަނީ އިތުރު މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއަދު ވަައިރަހަށް ޕޮޒިޓިވްވެފައިވަނީ ތިން މީހެކެވެ. އެއީ އިރާނުން ބަހުރެއިންނަށް އަދި ބަހުރެއިނުން ސައުދީއަށް އައި ދެމަފިރިއެކެވެ. ދެން ވަައިރަސްގެ އަސަރު ފެނިފައި ވަނީ އެ ދެމަފިރިން ދަތުރުކުރި ކާރު ދުއްވަން އިން ޑްރައިވަރުގެ ގައިންނެވެ.

ނުރައްކާތެރި ކޮރޯނާ މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު ރައްކާތެރި ވުމަށް ސައުދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެއްވެސް ގައުމަކުން އުމުރާވުމަށް މީހުން، ސައުދީއަށް އެތެރެވުން ވަނީ މަނާ ކޮށްފަ އެވެ.

ސައުދީ ސަރުކާރުން މި ނިންމުން ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ސައުދީ މީހުންނަށް ވެސް އުމްރާވުން ވަނީ ހުއްޓުވާފަ އެވެ.

އަދި ހަރަމްފުޅާ، މަދީނާގައި ހުންނަ މާތް ރަސޫލާގެ މިސްކިތަށް ޒިޔާރަތް ކުރުންވެސް މިދުވަސްވަރު މަދުކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.