ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ބާކީވާ ކަދުރު ކަރަންޓީނު ކުރާ ބިދޭސީންނަށް

May 3, 2020
12

ރޯދަ މަހަށް އަރަބި ގައުމުތަކުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި ކަދުރުގެ ތެރެއިން ބާކީ ހުރި ކަދުރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބިދޭސީންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރު ވެސް ސައުދީ ސަރުކާރުންނާއި، ޔޫއޭއީގެ ހަލީފާ ފައުންޑޭޝަންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބަހަން ކަދުރު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އެ ކަދުރު ކައުންސިލްތައް މެދުވެރިކޮށް ދިވެހިންނަށް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ ނަމަވެސް އަދިވެސް ކަދުރާ ހަވާލު ނުވާ ކައުންސިލްތައް އެބަހުރި ކަމަށެވެ. އެ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކަދުރާ ހަވާލުމަށް ވަނީ އެދިފަ އެވެ.

ރާއްޖެއަށް ވެސް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކައުންސިލްތަކުން ވެސް ކަދުރާ ހަވާލުވެ ރައްޔިތުންނަށް އެ ތަކެތި ފޯރު ކޮށްދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި މުއްދަތަށްފަހު ބާކި ހުރި ކަދުރުތައް ކަރަންޓީންގައި ތިބި މީހުންނާއި، ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިތިބި ބިދޭސީން ބައިތިއްބާފައިވާ ފެސިލިޓީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.