ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގައި ހުރި އިޓަލީ މީހެއްގެ ގައިން ވައިރަހުގެ އަލާމާތް

Mar 6, 2020
5

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ޓޫރިސްޓަކް ކޮވިޑް-19 އަށް ޝައްކުވެ، އަލާމާތްތައް ފެނުމުން މޮނިޓާ ކުރުމަށާއި ޓެސްޓްތައް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މިހާރު އެ މީ އެކަމަށް ކަނޑައަޅާފައުވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޓަލީ މީހެއްގެ ގައިން އަލާމަތްތައް ފެނިފައިވާއިރު އިޓަލީން އައި ދިވެހި މީހާ، ކޮރޯނާ ވައިރަހަށް ޓެސްޓް ކުރުމުން އޭނާ އެ ވައިރަހަށް ނެގަޓިވް ކަމަށް އިއްޔެ ވަނީ ދައްކާފަ އެވެ.

އިއްޔެ އޭނާ ކަރަންޓީނު ކުރި އެވެ. އެކަން ކުރީ އިޓަލީގައި މިހާރު ކޮރޯނާ ވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދާތީ އާއި އޭނާ އިޓަލީން އައި ފަހުން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެންނަ ކަމަށް ރިޕޯޓްކޮށްފައިވާތީ އެވެ.

ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވްކޮށް އައުމުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހެލްތް މިނިސްޓްރީއިން ރޭ ބުނި ގޮތުގައި އިތުރު ދިވެއްސެއް އިއްޔެ ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭނާ ވެސް ކަރަންޓީނުކުރި ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމަތްތަކެއް އޭނާގެ ގައިން ފެނިގެންނެވެ.

އޭނާ ވެސް ކޮރޯނާ ވައިރަހަށް ވަނީ ޓެސްޓް ކޮށްފަ އެވެ. ނަމަވެސް އޭގެ ނަތީޖާ އަދި ނުލިބެ އެވެ. މިހާރު ރާއްޖެއިން ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވެ އެވެ.