ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާއާ ގުޅިގެން ކާބޯތަކެތީގެ އަގު ބޮޑެއް ނުކުރާނަން: ހެޕީ މާކެޓް

Mar 7, 2020

ކޮރޯނާއި ވައިރަސް ފެތުރެމުންދާތީ ސަޕްލައި ޗެއިންއަށް ހީނަރު ކަމެއް އަޔަސް ހެޕީ މާކެޓުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ ހުރިހާ ބާވަތެއް ވެސް ހުސްނުވެ ރައްޔިތުން ބޭނުންވާ ވަރަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ސަޕްލައި ޗެއިންއަށް އަންނަ ހީނަރު ކަމާއި، ރަމަޟާން މަހުގެ ޑިމާންޑް އިތުރުވުމާއި ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތި ބޭނުންވާ ވަރަށް ނުލިބިދާނެ ކަމާއި ތަކެތީގެ އަގު އުފުލޭނެ ކަމުގެ ބިރު ވަނީ އާންމުންގެ ތެރޭގައި ބޮޑުވެފަ އެވެ.

މިކަމާ ގުޅިގެން ހެޕީ މާކެޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނިން އެތެރެކޮށް ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ވެސް އެތެރެ ކުރަން ރޭވިފައިވާ ޓައިމްލައިނާ އެއް ގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި
ރަމަޟާން މަސް ނިމެން ދެން އެ ތަކެތީގެ އަގު ބޮޑުނުކޮށް ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވަކިން ހާއްސަކޮށް އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ކުކުޅު ބިހުގެ އަގުތައް މާކެޓުގައި ބޮޑު ނުވެ ހިފެހެއްޓުމަށް ކުރަމުން ޖެހޭ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ މެނޭޖްމަންޓުން ކުރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު ވެސް އެ ކުންފުނިން އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ އަގުތައް ކުޑަވެރެން އޮތް އެންމެ ކުޑަ އަގަކަށް ކުޑަކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.