ވިޔަފާރި

ދަނޑުވެރި ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް

Mar 9, 2020
2

ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގައި ވަކި ނިސްބަތެއް ހާއްސަ ކުރުމުގެ މައިގަނޑު ބޭނުމަކީ ދަނޑުވެރިކަމަކީ އިގްތިސޯދަށް މަންފާ ކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާއަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުމެވެ.

އަދި މި ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ކުރާ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުން އޭގައި ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ދަނޑުވެރި ލޯނު ޕްރޮގްރާމްގެ ދަށުން ޒަމާނީ ދަނޑުވެރިން ފަދަ އާބަން އެގްރިކަލްޗަރު ޕްރޮޓެކްޓަޑް އެގްރިކަލްޗަރާއި ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުމާއި ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރެ އެވެ.