ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަހާ ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕް ފަސްކޮށްފި

Mar 9, 2020
މާޒިޔާ އާއި ދަ ގުރާންޑޭ ކުޅުނު މެޗެއްގެ ތެރެއިން ގުރާންޑޭގެ ކީޕަރު ފައިސަލް ބޯޅަ ހިފަނީ --- ފޮޓޯ: އެފްއޭއެމް
0%
0%
0%

މުޅި ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނުމާ ގުޅިގެން، ޖަޒީރާ ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަސްކޮށްފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" މުބާރާތާ ގުޅޭ އެންމެހާ ކަންކަން އަންނަ ރަމަޟާން މަހުގެ ފަހަށް ލަސްކުރެވިފައިވާ ކަމަށެވެ.

އަދި މުބާރާތާ ގުޅޭގޮތުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާއި، ހުކުރު ދުވަހަށް ތާވަލުކޮށްފައިވާ ގުރުއަތުލުންވެސް ފަސްކުރެވިފައިވާކަމަށް އެފްއޭއެމުން އިތުރަށް ބުންޏެވެ.

ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ކޮންމެހެން ދާންޖެހިގެން މެނުވީ ރާއްޖޭން ބޭރަށް ދަތުރުނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން ގިނަ ތަންތަނަށް ނުދިޔުމަށްވެސް ރައްޔިތުންނަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފެކެވެ. އެ ދެ ރިސޯޓުން ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން ބަންދު ކޮށްފަ އެވެ. ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނު ކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނު ކޮށްފައި ވެއެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910