ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރަމަތި ރިސޯޓްގެ މީހަކަށް ޝައްކުވާތީ އެކަހެރިކޮށްފި

އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކު ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ފެންނާތީ އޭނާ އެކަހެރިކޮށް މޮނީޓާ ކުރަން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނި ގޮތުގައި ކުރަމަތި އައިލެންޑް ރިޒޯޓްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެ ރިސޯޓަށް އަރާ ފޭބުން ވަގުތީގޮތުން ހުއްޓުވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ އަރާ ފޭބުން މަނާކުރި ތހަތަރު ވަނަ ރިސޯޓެވެ. މީގެކުރިން ވިލިމަންދޫ ރިސޯޓާއި ކުރެއްދޫ ރިސޯޓާއި ބަތަލާ ރިސޯޓް ވަނީ މީހުންނަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ވިލިމަންދޫއަށް އަރާ ފޭބުން މަނާކޮށްފައިވަނީ އެ ރަށުގަައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެވެ. އެ މުވައްޒަފަކީ ކުރެއްދޫ ރިސޯޓަށް ޗުއްޓީއެއްގައި ދިޔަ މީހެކެވެ.