ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާ ފެނުނު ތިން ރިސޯޓް ވެސް ހުޅުވާލައިފި

ކުރަމަތި ރިސޯޓުގެ މޫދު ވިލާއެއް: ރިސޯޓް ވަނީ ހުޅުވާލާފަ --
0%
0%
0%

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުން ތިބި ތިން ރިސޯޓް ވެސް އަރާ ފޭބުމަށް ހުޅުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

އަރާ ފޭބުން މަނާކޮށްފައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓާއި ކުރަމަތި އައިލެންޑް ރިސޯޓެވެ.

ކުރަމަތި ރިސޯޓްގެ ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްއިރު، ބަތަލާ ރިސޯޓްގެ ވެސް ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް އެވެ. އޭގެ އިތުރުން ވެސް ބަތަލާގެ ބައެއް މީހުންނަށް ޝައްކު ކުރެވޭތީ ޓެސްޓްތައް ދަނީ ހަދަމުންނެވެ.

އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފަކާއި ދެ ޓޫރިސްޓަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

މި ތިން ރިސޯޓްގައި ވެސް ރޫމް އައިސޮލޭޝަންގައި ބައެއް އަލާމާތްތައް ފެންނަ މީހުން ބައިތިއްބާފައި އެބަ ތިއްބެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ތިން ރަށަށް އަރާ ފޭބުން ހުއްދަ ކޮށްފައިވީ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނުކުމެވޭނެ ގޮތަށް އެކަހެރިކޮށްފައިވާ ކަމަށެވެ. އެފަދަ މީހުން ބައިތިއްބާފައިވަނީ ތިން ރިސޯޓްގެ ވަކި ސަރަހައްދެއްގަ އެވެ. އަދި އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.

އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް އެމީހުން އަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމެންޓުން ބަލާ ކަށވަރު ކުރާނެ ކަމަަށް އެޗްޕީއޭއިން ބުންޏެވެ. މި ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން "އެގްޒިޓް ސްކްރީން" ކުރާނެ ކަމަށް ވެސް ބުންޏެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް، ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެތުރެންފެށި، އާ ކޮރޯނާ ވައިރަސް މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. އެގޮތުން، މުޅި ދުނިޔޭގައި އެ ބަލި 118،000 މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 4،200 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ޗައިނާގައި މިހާރު އެ ބަލި ފެތުރުން ވަރަށް ބޮޑުތަނުން ހުއްޓުވިފައިވީ ނަމަވެސް، ހާއްސަކޮށް ޔޫރަޕުގެ ގިނަ ގައުމުތަކަށް އެ ވައިރަސް މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެގޮތުން، ޗައިނާ އިން ބޭރުން އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީ އަށެވެ. އެ ގައުމުން 10،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، މުޅި ގައުމު މީހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

މެދު އިރުމަތީގައި ވެސް އެ ބަލި ފެތުރޭ މިންވަރު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. އެގޮތުން، ގަތަރުގައި އެއް ދުވަހުގެ ތެރޭގައި 238 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011