ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކެރެލާގައި ތިބި ދިވެހިން ރެޖިސްޓާވާން އެދެފި

Mar 12, 2020

ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން ދާ އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ތިބި ދިވެހިން ރެޖިސްޓާވުމަށް ޓްރެވިންޑްރަމްގައި ހުންނަން ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލް އިން އެދެފި އެވެ.

ކޮންސިއުލޭޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކެރެލާގައި ދިރިއުޅެމުން އަންނަ ދިވެހިން އީ-މެއިލް ނުވަތަ ހޮޓްލައިން ނަމްބަރު މެދުވެރިކޮށް ރަޖިސްޓާވުމަށް އެދޭ ކަމަށެވެ. އަދި ކެރެލާގެ ހެލްތުން ދޭ އިރުޝާދާ އެއްގޮތަށް ދިވެހިން ވެސް ފިޔަވަޅު އަޅުމަށް އިލްތިމާސް ކުރާކަމަށް އެ ކޮންސިއުލޭޓުން ބުންޏެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ކެރެލާގައި އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ވެސް އިތުރު ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނާއިރު މިހާތަނަށް ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 17 އަށް އަރާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 126،000 އަށް ވުރެ އިތުރުވެފައިވާއިރު މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ތެރެއިން 60،000 އެއްހާ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 4500 އަށް ވުރެ ގިނަ މީހުން އެ ވައިރަސްގެ ސަބަބުން ވަނީ މަރުވެފަ އެވެ.