ވިޔަފާރި

އެމްޓީސީސީ އިން ސެންޓާރާގެ އެއް ރިސޯޓު ހިއްކައިފި

Mar 12, 2020
2

އެމްޓީސީސީ އިން ރާއްޖޭގައި ހިއްކަމުން ގެންދާ، ސެންޓާރާގެ ތިން ރަށުގެ ތެރެއިން އެއް ރަށް ހިއްކާ ނިންމާލައިފި އެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސެންޓާރާ ގްރޫޕުން ރާއްޖޭގައި އަލަށް ތަރައްގީ ކުރާ ތިން ރިސޯޓް ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އެމްޓީސީސީ އިން މި މަސައްކަތް ކުރަމުން ގެންދަނީ އެ ކުންފުނީގެ ކޮންނަ ބޯޓް މަހާޖައްރާފު ބޭނުންކޮށްގެންނެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ވަނީ މި މަސައްކަތް ކުރި އަށް ދާ ގޮތް ބައްލަވާލައްވާފަ އެވެ.

އެމްޓީސީސީއާއެކު ސެންޓާގާ ގްރޫޕުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގައި ރިސޯޓު ތަރައްގީ ކުރާ ފަޅުން 21 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. މީގެ އިތުރުން ހިލައިގެ ޖެހުމުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާލާނެ އެވެ.

ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީ އިން މިހާރުވެސް ސަރުކާރުގެ 40 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.