ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސް ކުރުމަށް މިރޭ ގޮތެއް ނިންމަނީ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާ ގޮތުން މިރޭ ގޮތެއް ނިންމާ އެކަން އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސްޕޯސްކްސްޕާސަން އަހްމަދު އިކްރާމް މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހާލަތު ރަނގަޅަށް އޮޅުން ފިލުވުމަށްފަހު އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތެއް މިރޭ ހާމަ ކޮށްދޭނެ ކަމަށެވެ.

އަދި، ގާނޫނުގައި ކަނޑައެޅިފައި އޮންނަ ތާރީހަށް ވުރެ ލަސް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށްވެސް ޓްވީޓުގައި ވެ އެވެ.

ގާނޫނުގައިވާ ގޮތުން މިހާރުގެ ކައުންސިލަރުންގެ ދައުރު ހަމަވުމުގެ 30 ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އީސީން އޭޕްރިލް ހަތަރެއްގައި އިންތިހާބު ބާއްވަން ނިންމާފައި ވަނީ ގާނޫނުގައި ބުނާ ދުވަހަށް ވުރެ އަވަހަށް ކަމުން ލަސްކޮށްފި ނަމަ ރޯދަ މަހުގެ ފުރަތަމަ 10 އެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މީގެ ކުރިން ވިދާޅުވީ އިންތިހާބު ލަސްކޮށްފި ނަމަ ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވާނެ ކަމަށާއި އެގޮތުން އިތުރަށް 30 މިލިއަން ރުފިޔާ އިންތިހާބަށް ހަރަދު ކުރަން ޖެހިދާނެ ކަމަށެވެ. އަދި، ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ކޮމިޝަަނުން އޮޅުން ފިލުވަން ބޭޏުންވާ އެއް ކަންބޮޑުވުމަކީ ވޯޓު ފޮށި ބަހައްޓާ ރިސޯޓެއް ނުވަތަ ރަށަކަށް އަރާ ފޭބުން މަނާކޮށްފި ހާލަތެއްގައި ކުރަން ޖެހޭނެ ކަންތައް ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ބޭރު ގައުމުތަކުގައި ވޯޓު ލުމަށް ވެސް ގިނަ ދިވެހިން އެއް ތަނަކަށް އެއްވާއިރު އެކަމުގެ ހުއްދަ އެ ގައުމަކުން ދޫކުރާނެ ކަމާ މެދު އުފެދިފައިވާ ސުވާލަކީ ވެސް ކަންބޮޑުވުމެއް ކަމަށް އިލެކްޝަނުން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމަށް، ބައެއް މަޖިލިސް މެމްބަރުން ދަނީ ގޮވާލަމުންނެވެ. އަދި، ބައެއް މެމްބަރުން މި އިންތިހާބު ލަސް ކުރުމަށް ދެކޮޅު ހަދާފައިވެސް ވެ އެެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ހިމެނެ އެވެ.