ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް19 އާއެކު ބަދަލު ހޯދުމުގެ ހުށަހެޅުންތައް އެލައިޑަށް

Mar 13, 2020

ރާއްޖޭގެ ބަައެއް ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓްވާ މީހުން ފެންމުންދާތީ، ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅުންތައް ލިބެމުންދާ ކަމަށް އެލައިޑް އިންޝުއަރެންސުގެ ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު އަވަސްއަށް ވިދާޅުވީ ބައެއް ރިސޯޓުތަކުން އިންޝުއަރެންސުއާ ގުޅިގެން އިންކުއަރީތައް ލިބެމުން އަންނަ ކަމަށެވެ.

"މިވަގުތުވެސް ބައެއް ރިސޯޓުތަކުން އިންކުއެރީ ލިބެމުން އެބަދޭ އެހެންވެ އެކަންކަން މި ދަނީ ސާފު ކުރަމުން. މިވަގުތު ދަންވަން ދަތި އެއީ ކިހާ އަދަދެއް ކަމެއް،" ޝަފާޒު ވިދާޅުވި އެވެ.

އެލައިޑުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރިސޯޓު އިންޝުއާ ކޮށްފައިވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ. ރާއްޖެ އިން ވައިރަހަށް ޕޮޒިޓިވް ވެފައިވާ އަށް މީހަކު ވަނީ ފެނިފަ އެވެ. ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެ އެންމެނަކީވެސް ބިދޭސީންނެވެ.