ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެލައިޑުގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ

އެލައިޑް އިންޝުއަރެންސުގެ ގިނަ ހިދުމަތް ތަކެއް އޮންލައިންކޮށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެލައިޑުން ބުނީ ކަސްޓަމަރުންގެ ރައްކާތެރި ކަމަށްޓަކައި އެ ކުންފުނީގެ ހިދުމަތްކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ކުންފުނީގެ ގިނަ ހިދުމަތްތަކެއް އޮންލައިން ޕޯޓަލް myallied.mv އިން ނެގެ އެވެ. މި އެޕުން މޮޓޯ އިންޝުއަރަންސާއި ޓްރެވެލް އިންޝުއަރަންސް އަދި ކާގޯ އިންޝުއަރަންސުގެ އިތުރުން ހޯމް ކޮންޓެންޓް ތަކަފުލް ނެގޭނެ އެވެ.

އެލައިޑުން ވަނީ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ހިދުމަތް ތަކަށް ވެސް ފަސޭހަ ބަދަލު ތަކެއް ގެނެސްފައިވެ އެވެ. މިހާރު ބިދޭސީންގެ އިންޝުއަރަންސް ވެސް އޮންލައިންކޮށް ކަސްޓަމަރުންނަށް ނެގޭނެ އެވެ.

އެލައިޑުން ބުނީ އޮންލައިންކޮށް ނުލިބޭ އިންޝުއަރަންސް ޕޮލިސީތައް އީމެއިލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މޮބައިލް އެޕާއި އޮންލައިން ޕޯޓަލްގައި ނުހިމެނޭ ހިދުމަތެއް ހޯއްދެވުމަށް ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުމަށް ފަހު، އެ ކުންފުނީގެ ސޭލްސްއަށް އީ މެއިލް ކުރުމުންވެސް ޕޮލިސީ ލިބިގެންދާނެ ކަމަށެވެ.

"މިސާލަކަށް އޮޑި ދޯނި ފަހަރުގެ އިންޝުއަރަންސްއެއް ނަންގަވަން ބޭނުންފުޅުވެއްޖެ ނަމަ، ކުންފުނީގެ ހިލޭ ގުޅޭ ނަންބަރަަށް ގުޅުއްވާފަ އީމެއިލް ކުރުމުން ނެގޭނެ،" އެލައިޑުން ބުނެފައިވެ އެވެ.

އެލައިޑުން ބުނީ އީމެއިލް މެދުވެރިކޮށް ކްލެއިމް ހުށަހެޅުމުގެ އިންތިޒާމް ހަމަޖެއްސިފައިވާ ކަމަށެވެ. ހެލްތް އިންޝުއަރަންސް ކަސްޓަމަރުންނަށް މިހާރު ވެސް އޮންލައިންކޮށް އެލަައިޑްގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯޓަލް myallied.mv މެދުވެރިކޮށް ކްލެއިމް ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.


"މީގެ އިތުރުން އެހެނިހެން އިންޝުއަރެންސް ޕޮލިސީތަކުގެ ކްލެއިމް އީމެއިލް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ހުށައެޅޭނެ އެވެ. އަދި ހުޅައަޅާ ކްލެއިމްތައް މެދުކެނޑުމެއްނެތި ޕްރޮސެސް ކުރެވޭނެ އެވެ. ކްލެއިމް ހުށަހެޅުމަށް ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުއްވާފަ ކްލެއިމް އެޑް އެލައިޑް އީމެއިލް ކުރުމުން ކްލެއިމް ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ،" އެލައިޑުން ބުނެފައިވެ އެވެ.

ފައިސާ ދެއްކުން ވެސް އޮންލައިންކޮށް

އެ ކުންފުނިން ވަނީ ބޭންކް އެކައުންޓް ޓްރާންސްފާ މެދުވެރިކޮށް ބިލް ތަކަށް ފައިސާ ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ވެސް ހަމަޖައްސާފަ އެވެ.

"މި ހާލާތުގައި ބިލްތަކަށް ފައިސާ ދޫކުރުމަށް އެންމެ ރައްކާތެރިގޮތަކީ އެކައުންޓް ޓްރާންސްފާ މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރުންކަމުގައި މި ކުންފުނިން ދެކެމެވެ. މިގޮތުން ކްލެއިމް އަދި މިނޫން ވެސް އިތުރު ބިލް ތަކަށް އެލައިޑުން ފައިސާ ދައްކާނީ ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެންނެވެ،" އެލައިޑުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ޕްރިމިއަމް ނުވަތަ ކޮންޓްރިބިއުޝަން ފައިސާ ބަލައިގަންނާނީ ވެސް ބޭންކް އެކައުންޓް ޓްރާންސްފާ މެދުވެރިކޮށެވެ. އެކައުންޓް ޓްރާންސްފާ ހެއްދެވުމަށްފަހު ޕޮލިސީ ނަންބަރާއި ޖަމާކުރެވުނު އަދަދާއި (އެއް ޕޮލިސީ އަށް ވުރެ ގިނަ ޕޮލިސީ އަށް ފައިސާ ދައްކަވާނަމަ) އެކު ބޭންކް އެކައުންޓް ޓްރާންސްފާ ސްލިޕް ޓްރެޒަރީ އެޓް އެލައިޑް އަށް އީމެއިލް ކުރެއްވުމުން ޕޭމަންޓް ބަލައިގަނެވި ޕޭމަންޓް ރިސިޕްޓް އީމެއިލް މެދުވެރިކޮށް އެ ކަސްޓަމަރަކަށް ލިބިގެންދާނެ ކަމަށެވެ.