ހަބަރު

ޑޮކްޓަރަކު ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް

ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއްގައި އެ ޑޮކްޓަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށް ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރެއް އެ ކުއްޖާގެ ކަންފަތުގައި ހިފާ އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ރޭ 11 ޖަހާކަށް ހާއިރު އެ މުއައްސަސާއަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

މި މައްސަލާގައި ފުލުހުން ބެލި ބެލުމުން އެ ޑޮކްޓަރު ކުއްޖާއަށް ތެރަޕީ ދެނީ އަމިއްލަ ހައިސިއްޔަތުން ނުވަތަ ޕްރައިވެޓް ޕްރެކްޓިސީންގެ ތެރެއިން ކުއްޖާގެ ގޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ރޭ އެ ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ރޭ 2:45 ހާއިރު ކޯޓު އަމަރެއްގެ ދަށުން އޭ ޑޮކްޓަރު ހައްޔަރު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ޑޮކްޓަރަކީ 34 އަހަރު އިންޑިއާ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.