ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާ ޓީމު ރާއްޖެ އައިސްފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން އެ ކަމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ފޮނުވާ ސިއްހީ ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އައިސްފި އެވެ.

އިންޑިއާގެ ސިއްހީ ތަޖުރިބާކާރުންނާއި ހިދުމަތްތެރިން ހިމެނޭ އެ ހާއްސަ ޓީމުގައި ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާސި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންނާއި ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑީއާ ހައިކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ސިއްހީ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އަށް ފޮނުވަން ހަމަޖެހިފައިވާއިރު، އެ ވައިރަސްއަށް ފަރުވާ ދިނުމަށް ބޭނުން ކުރާނެ ބައެއް ބޭސްތައް ވެސް އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ނުވަ މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކާއި، އެ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންގެ އިތުރުން އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ޓޫރިސްޓަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ޓޫރިސްޓަކު، އަދި ކ. އަނަންތަރަ ދިގު ރިސޯޓުގައި ހުރި ބިދޭސީއެކެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ނުވަ މީހަކު ފެނުނުއިރު، ރާއްޖޭގައި މިހާރު ވަނީ މި ވައިރަސްއާ ގުޅިގެން ސިއްހީ ކުއްލި ހާލަތު ވެސް އިއުލާންކޮށްފަ އެވެ.