ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ސަފާރީއަކުން ފެނިއްޖެ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ސަފާރީއަކުން ފެނިއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ސަފާރީއެއްގައި ތިބި ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިއީ ސަފާރީއެއްގައި ތިބި ބަޔަކު ވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓް ކުރާ ފުރަތަމަ ފަހަރެވެ.

މަބްރޫކް ވިދާޅުވީ، އެ ސަފާރީ މޮނިޓާރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އެ ދެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ ގޮތުން ޑޮކްޓަރުންގެ ޓީމެއް އެ ސަފާރީއަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެ ސަފާރީއަށް މީހުން އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަފާރީއެއްގައި ތިބި ދެ މީހަކު ވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭން މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ވަނީ ފެނިފަ އެވެ. އެ ނުވަ މީހުންނަކީ ވެސް ރިސޯޓްތަކެއްގައި ތިބި ބިދޭސީންތަކެކެވެ.