ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑްރީމްލޭންޑް ވެސް ބަަންދުކޮށް މީހަކު ޓެސްޓް ކުރަނީ

Mar 14, 2020

ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓްގެ ބިދޭސީއަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިވަގުތު އެ މީހާ ހޯމް އައިސޮލޭޝަންގައި ހުރިިއިރު އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށް ރިސޯޓް ދަނީ މޮނީޓާ ކުރަމުންނެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ 14 ރިސޯޓެއް ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންގަ އެވެ. އެއީ ރު އައިލެންޑް ރިސޯޓާއި، ބަންޑޮސް އައިލެންޑް ރިސޯޓާއި، ޝެރަޓަން އަދި އޮޅުވެލި ރިސޯޓެވެ.

އޭގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓް ވެސް އޮތީ ލޮކްޑައުންގަ އެވެ.

މި ރިސޯޓުތަކުން ވެސް އަލާމާތްތައް ފެންނަ މީހުން ފެނިފައިވާއިރު އެމީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ނުވަ މީހަކު ފެނިފައިވާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.