މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްގައި މަޑު ނުކުރި ކާރެއް އެހެން ދެ ކާރެއްގައި ޖެހިއްޖެ

Mar 14, 2020
1

މާލޭގައި ރޭ އެކްސިޑެންޓެއްވި ކާރެއް މަޑު ނުކޮށް ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލި ޕާކް ކޮށްފައި އޮތް ދެ ކާރެއްގައި ޖެހި ގެއްލުންތައް ވެއްޖެ އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުސް އިދާރާއިން ބުނީ އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 12:48 ގައި މާފަންނު އިއްޒުދީނު މަގުގައި ކަމަށެވެ. ފުޅާ ކުރުމަށް ފަހު ތާރު އަޅާފައިވާ ޖާގަ ބޮޑު މަގުގައި ރޭގެ އެ އެކްސިޑެންޓް ހިނގީ ކާރު އެ މަގަށް ވަނތް ވަގުތު އެ މަގުން ދުއްވި ސައިކަލެއްގައި ޖެހިގެނެވެ.

ނަމަވެސް އެކްސިޑެންޓަށް ފަހު އެ ކާރު މަޑުނުކޮށް ދުއްވަނިކޮށް ކާރުގެ ކޮންޓްރޯލް ގެއްލި އެ މަގުގައި ޕާކޮށްފައި އޮތް ދެ ކާރެއްގައި ޖެހި ތިން ކާރަށް ވެސް ގެއްލުންތައް ލިބިފައި ވެއެވެ.

އެކްސިޑެންޓްވި ކާރު ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި ލައިސަންސް ވެސް ނެތް މީހެކެވެ.