ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ ކަމަށް އެ މަނިކުފާނުގެ އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ހާމަ ކޮށްފި އެވެ.
އެ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި ބޮޑު ވަޒީރުގެ އަނބިކަބަލުން ބެގޮނާ ގޯމޭޒް ކޮވިޑް-19 އަށް ޕޮސިޓިވްވި ނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅެވެ.
އަދި ސްޕެއިންގެ ބޮޑު ވަޒީރުގެ ސިއްހީ ހާލުކޮޅު ވެސް ރަނގަޅު ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ. ވައިރަހަށް އަނބިކަނބަލުން ޕޮޒިޓިވް ވެފައިވާއިރު މިހާރު އެކަމަނާ ގެންދަވަނީ ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން ސިއްހީ ފަރުވާ ހޯއްދަވަމުންނެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ސަންޗޭޒް ކެބިނެޓްގެ ދެ ވަޒީރަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. އެ ދެ ވަޒީރުންގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށް ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ.