ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސްޕެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

Mar 26, 2020

ސްޕެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކާމަން ކަލްވޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމައް އެ ގައުމުގެ ސަރުކާރުން ކަށަވަރުކޮށް ދީފި އެވެ. ސްޕެއިންގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި 62 އަހަރުގެ ކާމަން ކަލްވޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެނގުނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ގައުމުގެ ސަރުކާރުން ބުނާ ގޮތުގައި އެކަމަނާ ވަނީ ކޮވިޑް-19 އަށް ދެފަހަރު ޓެސްޓު ކުރެވިފަ އެވެ. ފުރަތަމަ ހެދި ޓެސްޓުން އެކަމަނާ ނެގެޓިވް ވިއެވެ. ނަމަވެސް އެ ފަހަރުގެ ޓެސްޓްގެ ޑޭޓާއާމެދު ސިއްހީ ތަޖުރިބާކާރުންނަށް ޝަކުތަކެއް އުފެދުމުން ދެވަނަ ފަހަރަށް އެ ޓެސްޓު ހެދުމުން އެ ޓެސްޓްގެ ނަތީޖާގައި ޕޮޒިޓީވް ކަމަށް ސާބިތުވީ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކަލްވޯ ގެންދެވީ ނޭވާލާ ނިޒާމުގެ ބައްޔަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.

ސްޕެއިންގެ ސަރުކާރާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮޒިޓްވުމުން އެކަމަނާ ހޮސްޕިޓަލްގައި ކަންރަންޓީނުވެ އޮންނަވައި ބައްޔައް ފަރުވާ ހޯއްދަމުން އެބަ ގެންދަވަ އެވެ. އަދި މިވަގުތު އެކަމަނާގެ ސިއްހީ ހާލުކޮޅު ވެސް ރަނގަޅު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.