ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ހިޔާ" ފްލެޓަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ހާލަތު ބެލުން މެދުކަނޑާލައިފި

Mar 15, 2020

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓުތައް ހޯދުމަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޓީން ކުރަމުން އަންނަ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ މިއަދުން ފެށިގެން ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އިން ކުރަމުން އަންނަނ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެ ފިޔަވަޅު އަޅަން ނިންމީ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ފްލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަަސައްކަތް އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންނެވެ.

ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓްގެ މަސައްކަތް ނިމުމާ ހަމައަށް ގޮސްފައިވާއިރު، 2018ގެ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެފައިވަނިކޮށް ހައުސިން މިނިސްޓްރީން ވަނީ 7000 ފެލްޓް ދޭނެ މީހުން ކަނޑައަޅާފައެވެ. އޭގެ ތެރެއިން 5000 ފްލެޓް ދީފައިވަނީ ހައްގު ނޫން މީހުންނަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ފްލެޓު ހައްގުވާ ފަރާތްތަކަށް މި އަހަރު ތެރޭގައި ފްލެޓު ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިގެން އެ މަސައްކަތް ކުރުން މެދުކަނޑާލާފައިވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.