އެކްސިޑެންޓް

ފުވައްމުލަކުގައި ހިނގިއެކްސިޑެންޓެއްގައި ސިކުނޑިއަށް ލޭ އެޅުނު މީހަކު މަރުވެއްޖެ

Mar 16, 2020
1

ދެކުނުގެ ފުވައްމުލަކު ސިޓީގައި މިދިއަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު އަނިޔާތައް ސީރިއަސް ވެގެން މާލެ ގެނެސް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ ފުވައްމުލަކު، މާލެގަމު / ކޮތަންގޭ، ހަސަން އަހުމަދެވެ.

އައިޖީއެމްއެޗްުގައި ފަރުވާ ދެނިކޮށް ހަސަން އަހުމަދު މަރުވެފައި ވަނީ މިއަދު އެވެ. އޭނާ މަރުވީ ސިކުނޑިއަށް ލޭ އެޅި ސިކުނޑީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެވެ.

ހަސަން އަހުމަދުގެ ބޮލަށް އަނިޔާވި އެކްސިޑެންޓް ހޮނިހިރު ދުވަހުގެ އިރުއޮއްސޭން ދިޔަ ވަގުތު ހިނގީ އޭނާ ސައިކަލެއް ދުއްވަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެނެވެ. އެ އެކްސިޑެންޓް ހިނގި އިރު އޭނާ ދުއްވި ސައިކަލްގެ ފަހަތުގައި އެހެން މީހަކުވެސް އިނެވެ. އޭނާއަށް ވެސް ގެއްލުންތައްވެ ފަރުވާ ދެމުން ދެ އެވެ. ނަމަވެސް އެ މީހާގެ ހާލު ގޯހެއް ނޫނެވެ.

މިއަދު މަރުވި ހަސަން އަހުމަދުގެ ތިން ކުދިންނާއި އަންބަކު ދުނިޔޭގައި އެބަ ތިއްބެވެ.