ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބައެއް އިޓަލީ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ އިތުރުކޮށްފި

Mar 16, 2020
6

މިއަދު ރާއްޖެއިން 200 އަށްވުރެ ގިނަ އިޓަލީ ޓޫރިސްޓުން ފުރަން ހަމަޖެހިފައި އޮތް ނަމަވެސް އެ އަދަދަށް ޓޫރިސްޓުން ނުފުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާއިރު އަލިޓާލިއާ އެއާލައިންގެ ފްލައިޓެއް މިއަދު ވަނީ އެ ގައުމުގެ ޓޫރިސްޓުން ބަލައި އައިސްފަ އެވެ. އެ ފްލައިޓުން 208 މީހަކު ފުރަން ހަމަޖެހިފައި އޮތެވެ. އޭގެ ތެރޭގައި ކޮވިޑް-19ގެ އަލާމާތްތައް ފެނި، ނެގެޓިވް ބައެއް މީހުން ވެސް ހިމެނެ އެވެ.

ކޮވިޑް-19 ބަލީގެ ކަންކަމަށް ހައްސަކޮށްފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒް މިރޭ ވިދާޅުވީ ފްލައިޓްގައި މިއަދު އެނބުރި އިޓަލީއަށް ދިޔައީ 109 މީހަކާއި ދެ ކުޑަ ކުއްޖެއް ކަމަށެވެ. ބާކީ ތިބި މީހުން، އެ މީހުން މަޑުކޮށްގެން ތިބި ރިސޯޓްތަކުގައި ތިބުން އެކްސްޓެންޑްކޮށްގެން އެބަތިބި ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރިގެން ދިޔައީ އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާގެ ފަރާތުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

ރާއްޖޭގައި ޖުމްލަ 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ނުވަ މީހަކީ އިޓަލީ މީހުންނެވެ.