ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކަނުބަނދެވިގެން މި ބަލާއާފާތާ ދެކޮޅަށް މަސައްކަތެއް ނުކުރެވޭނެ: ޑަބްލިޔުއެޗްއޯ

Mar 17, 2020
1

މިހާރު ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވޭނީ، ބައްޔަށް ޝައްކު ކުރެވޭ ކޮންމެ މީހަކު އެ ވައިރަހަށް ޓެސްޓު ކޮށްގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ މި ބަލިމަޑުކަމަކީ މި ޖީލަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ ބަލާއާފާތް ކަމަށެވެ.

"މި ޖަމިއްޔާގެ ފަރާތުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ދޭން އޮތީ އެންމެ މެސެޖެއް. ހުރިހާ ގައުމުތަކަކުން ވެސް ބައްޔަށް ޝައްކު ކުރެވޭ ހުރިހާ ރައްޔިތުން ޓެސްޓް ކުރެވެންޖެހޭ. ކަނުބަނދެވި ތިބެގެން މި ބަލާއާފާތާ ދެކޮޅަށް މަސައްކަތެއް ނުކުރެވޭނެ،" ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

އެމެރިކާގެ އިތުރުން، ޔޫރަޕުގެ ގިނަ ގައުމުތަކަކާއި މެދުއިރުމަތީގައި ވެސް ސްކޫލުތަކާއި، ސިނެމާތަކާއި އަސާސީ ހިދުމަތްތައްދޭ ތަންތަން ފިޔަވައި އެހެން ހުރިހާ ތަންތަނެއް ވަނީ ބަންދުކޮށްފަ އެވެ.

އަދި މީހުންނަށް އެތެރެނުވެވޭގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޯޑަރުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އިޓަލީ ފަދަ ބައެއް ގައުމުތަކުން މުޅި ގައުމު ލޮކްޑައުންކޮށް، ރައްޔިތުން ގޭގައި ކަރަންޓީނުކުރަމުންދާއިރު، އާބާދީ ބޮޑު ގިނަ ސިޓީތައް މިހާރު ވަނީ ފަޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެނުނު ކޮވިޑް-19 މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ވަނީ ފެތުރިފަ އެވެ.

އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 168،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް އެ ބަލީގައި 6،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.