ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފިނޭންސުން ތަކެތި ބަލައި ގަތުން އޮންލައިން ސިސްޓަމަކަށް

Mar 17, 2020

ކޮވިޑް-19 އާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސުގެ ކައުންޓަރުން ސިޓީ ފަދަ ތަކެތި ބަލައިގަތުން ހުއްޓާލައި، އޮންލައިންކޮށް ބަލައި ގަންނަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެ މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީ އާއި އިންވޮއިސް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކައުންޓަރުން ތަކެތި ބަލައިގަތުން ހުއްޓާލުމާއެކު އޮންލައިން ސިސްޓަމް ގެމްސް ބޭނުން ނުކުރާ ފަރާތް ތަކުން އެ މިނިސްޓްރީގެ އީމެއިލް އެންޓްރީ އެޓް ފިނޭންސް ޑޮޓް ޖީއޯވީ ޑޮޓް އެމްވީ އަށް ފޮނުވަން ވަނީ އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާއިރު، ގިނަ ހިދުމަތް ތަކެއް ދަނީ އޮންލަންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. މި ހިދުމަތްތަކުގެ ތެރޭގައި ފެނާއި ކަރަންޓު އަދި ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.