ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އެކަހެރިކޮށްފައި ވަނިކޮށް މަޓްއީޑީ ޕޮޒިޓިވް ވެއްޖެ

ޔުވެންޓަސްގެ ކުޅުންތެރިން ވަކިވަކިން އެކަހެރިކޮށްފައި ވަނިކޮށް އެ ޓީމުގެ މިޑްފީލްޑާ ބްލެއިސާ މަޓްއީޑީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭނާއަކީ ވައިރަހަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ދެވަނަ ކުޅުންތެރިޔާ އެވެ. ކޮވިޑް-19 އަށް ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ މީގެ ކުރިން ވަނީ ޕޮޒިޓިވް ވެފަ އެވެ. މަޓްއީޑީ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ، އޭނާ އެކަހެރި ކޮށްފައި ވަނިކޮށެވެ.

"އޭނާގެ ގައިން އަލާމާތްތަކެއް ފެނުނީ ހޯމް އައިސޮލޭޝަންގައި ވަނިކޮށް." ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "އޭނާ އިތުރަށް މޮނިޓާކޮށް ބެލެހެއްޓެމުން ދާނެ."

އިޓާލިއަން ލީގްގެ ކުލަބުތަކުގެ ތެރެއިން، ފިއޮރެންޓީނާ އާއި ސަމްޕްޑޯރިއާގެ ބައެއް ކުޅުންތެރިންވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.