ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޭންކުތައް ހުޅުވާނީ 19، 23 އަދި 26 ވަނަ ދުވަހު

Mar 18, 2020

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް، އެމްއެމްއޭ އާއި ވިޔަފާރި ބޭންކްތައް 19 އާއި 23 އަދި 26 ވަނަ ދުވަހު ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ 19 އާއި 23 އަދި 26 ވަނަ ދުވަހު ބޭންކިންގެ ހިދުމަތް ފައިސާ ބަލައި ގަނެ ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 11:30 އަށެވެ. އަދި ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މާދަމާ އިން ފެށިގެން 26 ގެ ނިޔަލަށް ސަރުކާރުން ބަންދު ކުރަން ވަނީ ނިންމާފަ އެވެ. ސަރުކާރު އޮފީސްތައް ބަންދު ކުރަން ނިންމާފައިވަނީ ކޮވިޑް-19 ރޯގާ ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.