ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިމްޕޯޓް ދަށްވެ، ރާއްޖޭގައި ޑޮލަރުގެ އަގު ވެއްޓެނީ

ރާއްޖޭގެ ޑޮލަރު ވިއްކާ ތަނަކުން މިއަދު މީހަކަށް ޑޮލަރު ވިއްކަނީ: ޑޮލަރަށް އޮތް ޑިމާންޑް މި ދުވަސް ވަރު ދަށް -- އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް
0%
0%
0%

ރާއްޖޭގެ އިމްޕޯޓް ބޮޑު ތަނުން ދަށްވުމާއެކު ޑޮލަރަށް އޮތް ޑިމާންޑް ވެއްޓި، ޑޮލަރުގެ އަގު ދަށަށް ހިނގައްޖެ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމަކަށް ވުމުން އަބަދު ވެސް ޑޮލަރަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. ހާއްސަކޮށް ހައްޖާއި ޗުއްޓީ ދުވަސްތަކާ ދިމާކޮށް ޑޮލަރުގެ އަގު އުފުލެ އެވެ. ނަމަވެސް މިހާރު އިމްޕޯޓު ދަށްވެ ދަތުރު ފަތުރު ހުއްޓުމާއެކު ޑޮލަރުގެ އަގު ވަނީ ވެއްޓިފަ އެވެ.

ރާއްޖޭގެ ބޭންކް ތަކުން ޑޮލަރު ވިއްކަނީ 15:42ރ. އަށެވެ. ނަމަވެސް އަބަދުވެސް ރާއްޖޭގެ ބާޒާރުގައި ޑޮލަރު އެކި އަގު ތަކުގައި މާރުކުރުމުގެ އަނދިރި ބާޒާރެއް އޮވެ އެވެ. އެހެންވެ ޑޮލަރު ލިބުން މަދުވާ ފަހަރުތަކުގައި އިމްޕޯޓު ކުރަން އެ މާކެޓުން ޑޮލަރު ގަނެ އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ރިސޯޓުތައް ބަންދު ކުރުމާއެކު ޑޮލަރުގެ އަގު 17:30ރ. އަށް މަތިވި އެވެ. ނަމަވެސް މިއަދު ޑޮލަރުގެ އަގު ހުރީ 16:20ރ. އާއި 16:30 އަށެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ޑޮލަރުގެ އަގު ދަށްވުމުގައި ޑިމާންޑް ނެތުމާއި އާއްމުންގެ އަތުގައި ފައިސާ ނެތުމަކީ ވެސް ސަބަބަކަށް ވުން އެކަށީގެންވެ އެވެ.

"މިހާރު ހަމައެކަނި ޑިިމާންޑް އޮންނާނީ ލޯކަލް ކޮންސަމްޝަނަށް، ތެލާއި ކާބޯތަކެތި އެތެރެ ކުރަން. އެހެންވެ، އަގު ވެއްޓޭތަން އެ ފެންނަނީ،" ވިޔަފާރީގެ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މުދާ އެތެރެ ކުރަން ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށް ދޭނެ ކަމަށް ބުނެފަ އެވެ.

އެމްއެމްއޭގެ ގަަވަރުނަރު އަލީ ހާޝިމް މިދިއަ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި މަރުކަޒީ ބޭންކް އިން ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު ވިއްކާނެ އެވެ.

"މިހާރު އިމްޕޯޓް ވެސް ދަށް. އަދި ބޭރަށް ދަތުރު ކުރުން ވެސް ވަނީ މަދުވެފަ އެހެންވެ ޑޮލަރުގެ ޑިމާންޑް ދަށްވާނެ،" ހާޝިމް ވިދާޅުވި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910