ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަލީ ހާޝިމް

ހުރިހާ ބޭންކްތަކެއްގެ ލޯނުތައް ވެސް ފަސްކޮށްދޭނެ: ގަވަރުނަރު

Mar 26, 2020
3

ރާއްޖޭގެ ހުރިހާ ބޭންކްތަކެއްގެ ލޯނު ވެސް ފަސް ކޮށްދޭނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ދަށްވެ، ރައްޔިތުންނަށް ދަތިވެފައިވާތީ، ސަރުކާރުގެ އިގްތިސޯދީ ޕެކޭޖުގައި ހިމަނައިގެން ވަނީ ބޭންކުގައި ހުރި ލޯނުތައް ފަސްކޮށް ދޭން ނިންމާފަ އެވެ. ސަރުކާރުން ފުރަތަމަ އިއުލާނު ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އެޗްޑީއެފްސީގައި ހުރި ލޯނުތައް ފަސްކޮށްދޭނެ ވާހަކަ އެވެ.

މިކަމާ ގުޅިގެން ގަވަރުނަރު މިއަދު ވިދާޅުވީ ހުރިހާ ބޭންކްތަކެއްގެ ލޯނުތައް ވެސް ފަސް ކޮށްދޭނެ ކަމަށާ، އެކަމުގައި ލަސްވުމެއް އަންނަނީ އެ ބޭންކްތަކުން ހެޑް އޮފީސްތަކަށް އަންގަން ޖެހޭތީ ކަމަށެވެ.

އެމްްއެމްއޭ އިން ވަނީ ރާއްޖެ އަށް ބޭރު ފައިސާ ލިބުމުގެ ދަތި ތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވެފަ އެވެ. މިގޮތުން އިތުރު ޑޮލަރު ބޭންކް ތަކަށް ވިއްކާނެ ކަމަށް ބުނެފައިވެ އެވެ.