ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފެބްރުއަރީގެ ނިޔަލަށް ޖުމްލަ ރިޒާވްގައި 757.4 މިލިއަން ޑޮލަރު

މި އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 757.4 މިލިއަން ޑޮލަރު ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މާޗް މަހުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން، ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވުގައި 757.4 މިލިއަން ޑޮލަރު ހުރި ނަމަވެސް، ޖެނުއަރީ މަހު ހުރީ 776.6 މިލިއަން ޑޮލަރެވެ. އާއްމުކޮށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުންނަނީ 300 އެއްހާ މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރަން ތިން މަހަށްވާ ފައިސާ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު ރިޒާވް އަށް އަންނަ ބަދަލުތަކުގެ އަސަރު ކުރެ އެވެ. ނަމަވެސް މި ދުވަސް ވަރަކީ ރާއްޖޭގެ އިމްޕޯޓަށް ޑިމާންޑް ދަށް ދުވަސް ވަރަކަށްވުމާއެކު ޑޮލަރަށް އޮތް ޑިމާންޑު ވެސް ދަށްވާނެ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓުނުނަމަވެސް، ރާއްޖޭގެ އިމްޕޯޓަށް ވާ ވަރަށް ބޭރު ފައިސާ ލިބޭނެ އެވެ. އެކަމަށްޓަކައި މަރުކަޒީ ބޭންކުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.