މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭންކް ތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ދޫކުރާ ބޭރު ފައިސާ މިހާރު ކުރިއަށް ވުރެ އިތުރު ކޮށްފައި ވާނެ އެވެ. އަދި ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ދެ އެވެ.
މަރުކަޒީ ބޭންކުން ބުނީ އިގްތިސޯދީ ހަރަކާތް ތަކަށް އައި ކުއްލި ބަދަލާއި ގުޅިގެން އާންމުކޮށް ޑޮލަރަށް އޮންނަ ޑިމާންޑަށް ވުރެ މިހާރު ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް ފަތުރުވެރި ކަމަށް ބޭނުންވާ މުދާ އެކަށީގެންވާ މިންވަރަކަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން ވެސް ޑޮލަރުގެ ޑިމާންޑް ދަށް ވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އިގްތިސޯދީ ހަރަކާތް ތަކަށް މިއައި ކުއްލި ބަދަލާއި ގުޅިގެން އާންމުކޮށް ޑޮލަރަށް އޮންނަ ޑިމާންޑަށް ވުރެ މިހާރު ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ ކަމަށް ބެލެވޭ.މަރުކަޒީ ބޭންކް
ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށްވާ ވަރުގެ ފައިސާ އެވެ.
ލިކުއިޑިޓީ ދޫކުރަން ވެސް ތައްޔާރު
އެމްއެމްއޭ އިން ބުނީ ސަރުކާރާއި ބޭންކުތަކާއި މާލީ އިދާރާތައް ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ޑޮލަރު ހުންނާނެ ކަމަށެވެ.
މަރުކަޒީ ބޭންކުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށްޓަކައި އެމްއެމްއޭއިން ސަރުކާރާއި ބޭންކްތަކާއި މާލީ އިދާރާތަކާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ބޭންކް ތަކުން ލިކުއިޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، އެ އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމެންޓް ފަސް ޕަސެންޓާ އާ ހަމައަށް ދަށް ކުރަން ވަނީ ނިންމާފަ އެވެ. އަދި މާލީ އިދާރާ ތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެ އޮތޯރިޓީ އިންކުރު މުުއްދަތުގެ ލޯނު ފެސިލިޓީއެއް ދޭނެ އެވެ.
ބައެއް ފެސިލިޓީތައް ސްޓޭންޑް ބައިގައި
މީގެ އިތުރުން އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރު ފައިސާގެ އަދަދު އިތުރު ކުުރުމާއި، އެމްއެމްއޭގައި ގާއިމުވެފައި ހުރި އެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރު ފައިސާ އިތުރަށް ފޯރުކޮށްދޭން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެމްއެއޭ އިން ބުނެފައިވާ ގޮތުގައި މި އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދާނެ އެވެ. މީގެ އިތުރުން އެ އޮތޯރިޓީ އާއި ސަރުކާރާ ގުޅިގެން އައިއެމްއެފް ގެ މާލީ އެހީތެރިކަން ހޯދަން ވެސް ނިންމާފައިވެ އެވެ.