ހަބަރު

ހިއުމަން ޓްރެފިކިން ވިލަރެސް ކުރާ ކޮމިޓީއަށް ބަދަލު ގެންނަ ބިލު ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ: މަޖިލީސް
0%
0%
0%

ހިއުމަން ޓްރެފިކިން ވިލަރެސް ކުރާ ކޮމިޓީއަށް ބަދަލުތަކެއް ގެންނަ ގޮތަށް ހިއުމަން ޓްރެފިކިން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ހިއުމަން ޓްރެފިކިން ވިލަރެސް ކުރާ ކޮމިޓީގެ މެންބަރުން މަދުވާ ގޮތަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދު ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ހިއުމަން ޓްރެފިކިން ހުއްޓުމުވުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ވިލަރެސް ކޮމިޓީގައި ކޮމިޓީ ގައި 14 މެމްބަރުން ތިއްބަވާނެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރަކާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކާއި ސަރުކާރުގެ ގިނަ ދާއިރާތަކެއްގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ޖީހާން ހުށަހެޅުއްވި ބިލުގައި ވަނީ އެ ކޮމިޓީގައި އަށް މެންބަރުން ތިއްބަވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ. އެއީ މަޖިލީހުގެ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރަކާއި ޕީޖީ އޮފީހުގެ ވަކީލާއި، ސަރުކާރުގެ ބައެއް އެހެން ދާއިރާތަކުގެ ބޭފުޅުން އެ ކޮމިޓީގައި ތިއްބަވަން ނުޖެހޭ ގޮތަށެވެ.

މަޖިލީހުން ފާސްކުރި އެ ބިލުގައިވާ ގޮތުން، ބިލަށް އަމަލު ކުރަން ފަށާތާ 10 ދުވަސް ތެރޭގައި ބިލުގައިވާ ގޮތުގެ މަތިން އެ ކޮމިޓީ އެކުލަވާލަން ޖެހެ އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުން ވިލަރެސް ކުރާ ކޮމިޓީ އަކީ ޓްރެފިކް ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ރައީސް އަށް ލަފާ ދިނުމާއި ސަރުކާރުން އެކަމާ ގުޅޭގޮތުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރަމުންދޭތޯ ބަލަންޖެހޭ ކޮމިޓީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345