ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކޮށްފި

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިރޭ 21:00 ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް އެ ފިޔަވަޅު އަޅާފައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެޅުއްވި ފިޔަވަޅުތައް

  • ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކުރުން
  • އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކުރުން
  • ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން މަނާކުރުން

ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް

  • ދިވެހިރާއްޖެއިން ފުރުމަށް އެއާޕޯޓަށްދާ ފަތުރުވެރިން
  • ފަތުރުވެރިން ފުރުވަން އެއާޕޯޓަށްދާ މުވައްޒިފުން
  • ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހަމަށް ދިއުމަށް

އެ އެންގުމަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކާ، އާންމުންނަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.