ނިއު ދިއްލީ (މާޗް 18) - ކޮވިޑް-19 އަށް ޓެސްޓު ކުރާ މީހުންގެ އަދަދު ވުމުން، އިންޑިއާގައި އެ ވައިރަސްޖެހިފައިވާ ތިބި މީހުންގެ ހަގީގީ އަދަދު ނޭނގުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފި އެވެ.
މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ވައިރަހާ ދެކޮޅަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ، ވީހާވެސް ގިނަ މީހުން ޓެސްޓުކުރުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، އިންޑިއާގައި އަދިވެސް ޓެސްޓު ކުރާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. އިންޑިއާއިން ޓެސްޓު ކުރަނީ، އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ގައުމަކުން އެނބުރި އަންނަ ފަރާތްތަކުގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ސީދާ ކޮންޓެކްޓުވެ، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ފަރާތްތައް އެކަންޏެވެ.
އެގޮތުން، އިންޑިއާގައި ދުވާލަކު 8،000 ޓެސްޓު ކުރުމުގެ ގާބިލުކަންހުރި ނަމަވެސް، ޓެސްޓު ކުރާ މީހުންގެ އަދަދު ހުރީ އެންމެ 90 ގަ އެވެ.
އިންޑިއާގައި މިހާތަނަށް 151 މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފަ އެވެ.
ނަމަވެސް، ޑަބްލިޔުއެޗްއޯގެ އިރުޝާދު އިންޑިއާގައި އަދި ތަންފީޒުކުރަންޖެހޭ ހާލަތެއްނެތް ކަމަށް އެގައުމުގެ ބައެއް އޮފިޝަލުން ވަނީ ބުނެފަ އެވެ.