ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އުރީދޫން ގޭގައި ތިބި ދަރިވަރުންނަށް ހާއްސަ ހިދުމަތެއް

Mar 18, 2020

ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކޮށް ގޭގައި ތިބެން ޖެހިފައިވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވޭނެ ފަސޭހަ ސޮލިއުޝަނެއް ހާއްސަ އިނާޔަތްތަކާއެކު އުރީދޫން ފޯރުކޮށްދީފި އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ހާން މިއަދު ވަނީ މި ހިދުމަތްތަކާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލު ކުރައްވާފަ އެވެ.

އުރީދޫގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ނޫރާ ޒާހިރު އަވަސް އަށް ވިދާޅުވީ ގޭގައި ތިބެގެން ކިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ "ގޫގުލް ކްލާސް ރޫމް" ގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.

"މި ސޮލިއުޝަން ދޭން ފުރަތަމަ ހޯދީ އެޑިއުކޭޝަން އިން ބޭނުންވާނެ ލިސްޓެއް. އެ އަށްފަހު މި ހިދުމަތްތައް ދޭން ފެށީ،" ނޫރާ ވިދާޅުވި އެވެ.