ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އުރީދޫން ފިކްސްޑް ލައިންތަކަށް ކޮންމެ ދުވަހަކު 5 ޖީބީ ހިލޭ

އުރީދޫ މޯލްޑިވްސްގެ ފިކްސްޓް ލައިން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ފަސް ޖީބީ އިންޓަނެޓު ހިލޭ ދޭން ނިންމައިިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ގޮންޖެހުން ތަކެއް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް މަޖުބޫރު ވެފައިވާ ކަމަށެވެ. މި ދަތިތަކަށް ލުއިކަމެއް ގެނެސް ދިނުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެ މަތިން، އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭން އަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ކޮންމެ ދުވަހަކު 5 ޖީބީ ޑޭޓާ މުޅިން ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ.

"ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ދަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުގެ މަތިން، މި އޮފަ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށް ވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސާލިހު ވެފައިވާ އެދިލެއްވުމަކަށް،" އުރީދޫން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި އޮފާގެ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަން ލިމިޓެޑް ތަޖުރިބާއެއް ދިނުން ކަމަށެވެ. މިގޮތުން، ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓް ވާނެ ކަމަށެވެ.

އެހެންކަމުން މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އެ ގޮތުން ސުޕަނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއް ފަހަރު އަލުން އެކްޓިވޭޓްވެގެން ދާނެ އެވެ. މި އެލަވަންސްއަކީ ކޮވިޑް-19 އާއި ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ 25 ޕަސެންޓް ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސް އެކެވެ. މި ހާއްސަ އޮފާ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ދަނީ ކޮވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި އެހީތެރިކަމެއް ދެމުންނެވެ. އެ ކުންފުނިން ދެމުން ގެންދާ އެހީތަކުގެ ތެރޭގައި:

  • ކޮވިޑް-19 ޓާސްކްފޯސް ސެންޓަރުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
  • މަޖުބޫރީ އެކަހެރިކަމުގަ އާއި ކަރަންޓީންގައި ތިބި މީހުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
  • މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފް ކުރުން

ކޮވިޑްއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފާ އެއް ތައާރަފްކޮށްފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންގްތައް ވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ދަނީ އިތުރަށް ވެސް މަސައްކަތްކުރަމުންނެވެ.

އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، ނަޖީބް ޚާން ވިދާޅުވީ ގޭގައި ތިބެގެން ހުރިހާކަމެއް ހަމަޖެއްސުމުގައި އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"މުޅި ދުނިޔެ އަށް ބެލިކަމުގައިވިޔަސް، އާއިލާތަކާއި ވިޔަފާރިތަކަށް ކުރިމަތިލާން ޖެހިފައި މިވަނީ މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ އާ ގޮންޖެހުމަކާ. އަޅުގަނޑުމެން ވެސް މިކަންކަމާއި ކުރިމަތިލާ ހިނދު، އެންމެ މުހިއްމު އިސްކަމެއް ދޭނީ އެންމެ އެކަށޭނެ ހިދުމަތްތައް މެދުވެރިކޮށް ކޮވިޑް-19 ގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެޙިތެރިވުމަށް. މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށްޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން،" ނަޖީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާލަތުގައި އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް އަޅުގަނޑު އިލްތިމާސްކުރާ ކަމަށެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އާއިލީ ގުޅުން ދެމެހެއްޓުމަށާއި، ވިޔަފާރި ހިންގުމަށާއި، ޑޮކްޓަރުންގެ ހިދުމަތް އޮންލައިންކޮށް ހޯދުން ފަދަކަންކަމަކީ އިންޓަނެޓްގެ ވަސީލަތްތަކަށް ބަރޯސާވާ ކަންކަން. ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުން ދާނެ މި ފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް އަޅުގަނޑު އެދެން. އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުން، މި ފަދަ ހިމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއްކޮށްފައ،" ނަޖީބު ވިދާޅުވި އެވެ.

ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުން ދާނެ މި ފަދަ ހާލަތްތަކުގައި، ގިނަ ފަރާތްތަކަށް ފައިދާކުރާނެ ގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް އަޅުގަނޑު އެދެން. އިންޓަނެޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުން، މި ފަދަ ހިމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއްކޮށްފަ
އުރީދޫ ސީއީއޯ ނަޖީބް ހާން

އުރީދޫން ވަނީ ޑޭޓާ ބޭނުންކުރެވޭ މިންވަރު މަދުކުރަން އެޅޭނެ ފިޔަވަޅު ތަކެއްވެސް ކިޔައި ދީފަ އެވެ.

ޑޭޓާ ބޭނުން ކުުރުން މަދުކުރަން އެޅިދާނެ ފިޔަވަޅުތައް

  • ހުޅުވާފައި ހުންނަ އެޕުތައް ލެއްޕުން (ކްލޯޒްކުރުން)
  • މުހިއްމުނޫން ބޭނުން ނުކުރާ އެޕުތައް ފޮހެލުން
  • ބެކްގްރައުންޑް ޑޭޓާ ބޭނުންނުކުރާ ގޮތަށް ފޯނުގެ ސެޓިންގ ބަދަލުކުރުން
  • ނެޓްފްލިކްސް، ޔޫޓިއުބް ފަދަ އެޕުތަކުން ސްޓްރީމް ކުރާ ފެންވަރު ދަށްކުރުން
  • ޔޫޓިއުބް، ފޭސްބުކް، އަދި އިންސްޓަގްރާމުން އަމިއްލައަށް ވީޑިއޯ ޕްލޭ ނުކުރާގޮތް ހެދުން
  • ޓީވީ ބެލުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި ސްޓްރީމް ނުކޮށް ޓީވީ އިޙްތިޔާރު ކުރުން

އުރީދޫ މޯލްޑިވްސް އިން ބުނީ ކޮވިޑް-19އާ ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫ މޯލްޑިވްސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމޯތު ހޯއްދެވުމަށް ކޮވިޑް-19 ޕޭޖަށް ޒިޔާރަތްކުރުމުން ލިބޭނެ ކަމަށެވެ.