ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އުރީދޫ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ

އުރީދޫ މޯލްޑިވްސްގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކޮވިޑް-19 ގެ ކަސްޓަމަރުން ނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ގިނަ މަސައްކަތް ތަކެއްރަމުންނެވެ. މިގޮތުގެ މަތިން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ ހިލޭ ލިބޭ ހާއްސަ އޮފަ އެއް ތައާރަފު ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި އޮފާ ތައާރަފްކޮށްފައި މި ވަނީ މި ދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާ ވަރަށް ވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ސަބަބުން ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ ވަނީ މީގެ ކުރިން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25 ޕަސެންޓުގެ ހިލޭ ބޯނަސް ޑޭޓާ ފޯރުކޮށްދީފަ އެވެ.

މިގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަ އަދި ވަޔަލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީހުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ހިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. މިގޮތުގެ މަތިން، ކުދި ވިޔަފާރި ތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެ އެވެ.


"މި ނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންނެވެ،" އުރީދޫން ބުނެފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އުރީދޫން ދިން އެހީތެރިކަން

  • ކޮވިޑް-19 ވެބްސައިޓް އަށް ހިލޭ ވަދެވޭނެ ގޮތަށް ހަމަޖެއްސުން
  • ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ފޯރުކޮށްދިނުން
  • ޕްރީޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ފޯރުކޮށްދިނުން
  • ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ފޯރުކޮށްދިނުން
  • ލޯކަލް ނަންބަރުތަކަށް ކުރާ އެސް.އެމް.އެސް ތައް މުޅިން ހިލޭ ކުރުން
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ގޫގްލް ކްލާސްރޫމް ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް 5ޖީބީ ޑޭޓާ ގެ އެލަވަންސެއް ހަމަޖެއްސުން
  • އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމުގެ ގޮތުން އިމަރޖެންސީ ސެންޓަރު ތަކަށާއި، ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަރނެޓް ފޯރު ކޮށްދިނުން
  • ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ފޮނުވޭ މެސެޖް ތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗް.ޕީ.އޭ އާއި ރެޑްކްރެސެންޓް އަދި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރުން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުރީދޫ ފިހާރަތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި މި ހާލަތުގައި، އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް ދަނީ ބާރުއަޅަމުންނެވެ.

އުރީދޫ އެޕް މެދުވެރިކޮށް، އުރީދޫގެ ހުރިހާ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ލިބެން ހުރެ އެވެ. އަދި ސިމް، ޑިވައިސްތައް، ސްމާރޓްފޯން އަދި ސްމާޓް އެކްސެސަރީތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީ އާއިއެކު ފޯރުކޮށްދެވޭނެ އެވެ.

އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން، ފައިސާ ޓްރާންސްފަރ ކުރުމާއި؛ ތަފާތު ވިޔަފާރިތަކަށް ފައިސާ ދައްކައި؛ ފޯން، އިންޓަނެޓް، ފެން، ކަރަންޓު އަދި ކޭބަލް ޓީވީ ބިލްތައް ދައްކައި އަދި ގޭސް އޯޑަރު ވެސް ކުރެވޭނެއެވެ. އެމް-ފައިސާ އަކީ އެކައުންޓް ރެޖިސްޓަރ ކުރުމާއި ކޭޝް ޑިޕޮސިޓްކުރުންވެސް ހިމެނޭގޮތަށް، ހުރިހާ ހިދުމަތްތައްވެސް އޮންލައިންކޮށް ހޯދޭ އެޕްލިކޭޝަނެކެވެ. އުރީދޫ އެޕްގައި ހިމެނޭ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ އަދި ވައިބާގައި ހިމެނިފައިވާ އުރީދޫ އެވީ، އަދި ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި ހިމެނޭ އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް، ކަސްޓަމާ ކެއާގެ ހިދުމަތް ލިބިގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ހެލްތް އިމަޖެންސީ އާއި ޤައުމީ ފެންވަރުގައި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް "ވާކް ފްރޮމް ހޯމް" ޕޮލިސީ އެއް ތަންފީޒުކޮށް އުރީދޫ މޯލްޑިވްސް ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ބުރޫނާރާނޭ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ، އުރީދޫ މޯލްޑިވްސްއިން ވަނީ 1 ޓީބީ ސްޓޯރޭޖް އާއެކު އޮފީސް 365 އަދި ވިޒް.އީ އާރު ޕީ ފަދަ ކްލައުޑް ބޭސްޑް އެޕްލިކޭޝަންސް މެދުވެރިކޮށް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސއްކަތްތަށް ކުރުމުގައި މުވައްޒަފުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ބައްދަލުވުންތައް ފޭސްބުކް ވޯކްޕްލޭސް އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.