ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޗައިނާގެ ބީޔޫސީޖީން އެމްއެއޭސީއެލްއަށް އިލެކްޓްރިކް ފޭސް މާސް ދީފި

Mar 18, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިން، އެމްއޭސީއެލް އަށް އިލެކްޓްރިކް ފޭސް މާސް ތަކެއް ހަދިޔާ ކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ ޗައިނާ ބެއިޖިން އާބަން ޑިވްލޮޕްމަންޓް (ބީޔޫސީޖީ) އިން އެއާޕޯޓުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަން ދިން އިލެކްޓްރިކް ފޭސް މާސްކް ތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މާސްކް ތަކެއް ކަމަށެވެ.

ބީޔޫސީޖީ އިން 50 ފޭސް މާކްސް ހަދިޔާކޮށްފައިވާއިރު، މި މާސްކް ތަކަކީ ޗާޖުކޮށްގެން ބޭނުން ކޮށްލެވޭ ސެކިއުރިޓީ ގޮތުން ވަރުގަދަ އެއްޗެކެވެ. އަދި މިއީ ޗައިނާގައި ކޮވިޑް ފެތުރިގެން ދިޔައިރު އެ ގައުމުގެ ސިއްހީ ދާއިރާގައިވެސް ބޭނުންކުރި އެއްޗެކެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަކީ ރާއްޖެ އަށް އަންނަ މީހުންނާ ފުރަތަމަ ދިމާވާ މީހުންނެވެ. އެ ކުންފުނިން ވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅު ތަކެއް އަޅާފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. މިގޮތުން ޕޮޒިޓިވް ވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.