ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ އައިސްފައިވަނީ އެންމެ 16 ފްލައިޓް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ އިއްޔެ ރާއްޖެ އަންނަން އިންޓަނޭޝަނަލް 43 ފްލައިޓް ޝެޑިއުލް ކުރި ނަމަވެސް ގިނަ ފްލައިޓްތަކެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ބިރާއެކު ރާއްޖެ އަންނަ ފްލައިޓްތައް މަދުވުމުގެ ސަބަބުން އިއްޔެ ދަތުރުކޮށްފައިވަނީ 25 ޑޮމެސްޓިކް ދަތުރެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ޓޫރިސްޓުން އަންނަ ގިނަ ގައުމު ތަކުން ވަނީ އެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފަ އެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް 100 ވުރެ ގިނަ ފްލައިޓް ކޮންމެ ދުވަހަކުވެސް ރާއްޖެ އާދެއެވެ.