ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކާއި ސެނެޓައިޒާގެ އިމްޕޯޓް ޑިއުޓީ ކަނޑާލައިފި

Mar 18, 2020
1

ރާއްޖެއަށް އެތެރެކުރާ ފޭސް މާސްކާއި ހޭންޑް ސެނެޓައިޒާއިން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އެ ނިންމުން ނިންމަވާފައިވަނީ އިމްޕޯޓް ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންވާ އިހްތިޔާރުގެ ދަށުންނެވެ.

މާސްކާއި ސެނެޓައިޒާއިން ޑިއުޓީ ކަނޑާލާފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކޮށްފައި އޮތުމެވެ. އަދި ކޮވިޑް-19އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އެތަކެތި ގަންނަމުންދާތީ އަގުހެޔޮ ކުރުމަށްޓަކަ އެވެ.

މިހާރު ވެސް މާލޭގެ ގިނަ ފިހާރަތަކުން މާސްކާއި ސެނެޓައިޒާ ވަނީ ހުސްވެފަ އެވެ. ނަމަވެސް އެސްޓީއޯއިން ލިމިޓްކޮށްގެން ވިއްކަ އެވެ.