ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭން ޕޮޒިޓިވްވި މީހާއާ ބައްދަލުވި މީހުން ހޯދިއްޖެ: ރައީސް

Apr 15, 2020
1

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި މީހުންގެ ދެނެގަނެވިފައިވާކަމަށާއި، އެ މީހާއާ އިތުރު ގޮތްގޮތުން ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދާދި ދެންމެއަކު ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަައި ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑް-19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ މީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށެވެ.

އެގޮތުން، އެ މީހާއާ ސީދާ ބައްދަލުވި މީހުންގެ ދެނެގަނެވިފައިވި، 11 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، ބަލި ފެތުރުން ކުޑަ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށެވެ. އަދި އެކަމުގައި ކެތްތެރިކަމާއެކު އެއްބާރުލުންދިނުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

"ރައްޔިތުންގެ ކިބައިން އެދެނީ ކެތްތެރިވެ އެއްބާރުލުން ދިނުމަަށް، އާންމު ދިރިއުޅުމުގެ ކަންކަމަށް ދަތިތަކާ ކުރިމަތިވާނެ، އެހެން ނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމު، ހިކުމަތްތެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކޮށްގެން މިކަމުން އަރައިގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މިވަގުތު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރަންޖެހޭ ބޭހާއި ކާބޯތަކެތި ރަނގަޅު މިންވަރަކަށް އެބަހުރި ކަމަށާއި، ރައްޔިތުންގެ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އަމަލު ކުރަންވީ ގޮތްތައް ކަމާބެހޭ ފަރާތްތަކުން ހާމަ ކުރަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވަނީ ކީރިތި ކުރައްވައިފަ އެވެ.

ރައީސް ސޯލިހު، ގައުމާ މުހާތަބު ކުރައްވައި ބަޔާން ދެއްވި ވަގުތު އިންނެވީ ވަރަށް ބޮޑަށް ނުތަނަވަސްވެވަޑައިގެންނެވެ. އެހެންމެ ފަހުން ރައްޔިތުންނަށް އިލްތިމާސްތައް ކުރައްވަމުން ގެންދެވިއިރު ރައީސްގެ އަޑު ހުއްޓި، ވަނީ ކީރިތި ކުރައްވާފަ އެވެ.

ރައީސް އެދިވަޑައިގެންނެވީ އެންމެން ވެސް އެކަކު އަނެއްކަކަށް އޯގާތެރިވެ އިހުސާންތެރިވުމަށެވެ.

މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތަށް މުޅި މާލެ ސަރަހައްދު މިހާރު ވަނީ ކުރިއަށްއޮތް 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.