ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހުޅުވާ ދުވަސްތަކުގައި ބީއެމްއެލް އިން މުހިންމު ހިދުމަތްތައް ލިބޭނެ

Mar 19, 2020
1

ސަރުކާރު ބަންދު ކުރި ނަމަވެސް މިއަދާއި މި މަހުގެ 23 ވަނަ ދުވަހާއި 26 ގައި ބޭންކްތައް ހުޅުވަން ވަނީ ނިންމާފަ އެވެ. ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހިދުމަތް ދޭ ގަޑި ކުޑަ ވިނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ މުހިންމު ބައެއް ހިދުމަތްތައް ހޯދަން ފަސޭހަ އިންތިޒާމު ތަކެއް ވަނީ ހަމަޖައްސާފަ އެވެ.

ބީއެމްއެލް މި ދުވަސްތަކުގައި ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން ހެނދުނު 11:30 އަށެވެ. ހުރިހާ ވަގުތެއްގައި ވެސް އެ ކުންފުނީގެ އޭޓީއެމް އާއި ސެލްފް ސާވިސް އޭޓީއެމް ތަކުން ހިދުމަތް ލިބޭނެ އެވެ. ނަމަވެސް ބޭންކުން އިލްތިމާސް ކުރަނީ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމުގައި އެ ބޭންކުގެ އޮންލައިން ހިދުމަތްތައް ކަމަށްވާ "މޮބައިލް ބޭންކިން" އާއި "އިންޓަނެޓް ބޭންކިން" ފަދަ ހިދުމަތްތައް ބޭނުން ކުރުމަށެވެ.

ބޭންކުން ހިދުމަތް ލިބޭނެ ތަންތަން

  • މެއިން ބްރާންޗް
  • ބީއެމްއެލް އިސްލާމިކް ބޭންކް ބްރާންޗް
  • ވިލިމާލެ ބްރާންޗް
  • ހުޅުމާލެ ބްރާންޗް
  • ހުރިހާ އަތޮޅު ބްރާންޗަކާއި އައުޓްލެޓްތައް
  • ކަސްޓަމާ ސާވިސް ސެންޓަރުތައް

ލިބޭނެ ހިދުމަތްތައް

  • ފައިސާ ނެގުމާއި ޖަމާ ކުރުން
  • ޗެކް ޑިޕޮސިޓް ކުރުން
  • އިންޓަނޭޝަނަލް ޓްރާންސްފާ އެލްސީ
  • ލޯކަލް ބޭންކް ޓްރާންސްފާ
  • ޕޭރޯލް ރިކުއެސްޓް ( މުވައްޒަފުންގެ މުސާރަ)
  • ކާޑު ހެއްދުން

ބައެއް ހިދުމަތްތައް އަވަސް ވާނެ

  • ހެނދުނު 11 ގެ ކުރިން ކުރާ ޕޭރޯލް ރިކުއެސްޓްތައް އެ ދުވަހު ޕްރޮސެސް ވާނެ
  • ހެނދުނު 10 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކް އެ ދުވަހު ކްލިއަ ކުރާނެ
  • ހެނދުނު 11:30 ގެ ކުރިން ޑިޕޮސިޓް ކުރާ ޗެކްތައް ޖެހިގެން އަންނަ ދުވަހު ކްލިއަ ކުރާނެ
  • އެހެން ބޭންކްތަކުގެ ޗެކްތައް ޖެހިގެން ހުޅުވޭ ދުވަހު ކްލިއަ ކުރާނެ

ބީއެމްއެލްއަކީ އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދޭ ބޭންކެކެވެ. ގިނަ ކުންފުނި ތަކުން ފައިސާ ދައްކަން ބޭނުން ކުރަނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އެވެ. ބީއެމްއެލް އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ޗެނަލް ތަކަކީ ފަސޭހަ އިން ބޭނުންކޮށް ލެވޭނެ ހިދުމަތް ތަކެވެ. ބީއެމްއެލްގައި އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިން އަދި މޮބައިލް ޕޭ ވިތް ކިއުއާރު ކޯޑް އަދި މޮބައިލް ޕޭ ވިތް ބައި ލިންކްގެ އިތުރުން ކޮންޓްރެންޓް ލެސް ކާޑް ހިދުމަތް ހިމެނެ އެވެ.